މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީންގެ ތެރެއިން 113 ބިދޭސީއަކު ގުޅީފަޅަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް-19 ގެ ނުރައކަލަށް ހުށަހެޅިފައިވާ 113 ބިދޭސީން މިރޭ ގުލީފަޅާށް ބަދަލު ކުރަން ނިންމާފައިވައިރު، ޕޮސިޓިވްވެފައިވާ 82 ބިދޭސީން ހުޅުމާލެ ފޭސް2 ގައި ހުންނަ އެކްސްޕެޓްރިއޭޓް އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ގުޅިފަޅުގައި މިހާރު ހަދާ ފެސިލިޓީ ނިމޭއިރު އެތަނުގައި 5000 މީހުންނަށް ތިބެވޭނެ ކަމަށެވެ. މިހާރު ވެސް އެތަނުގައި 674 ޖާގަ އެބައޮތް ކަމަށާއި ހުޅުމާލޭގައި އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކުރާ ފެސިލިޓީގައި 400އެއްހާ މީހުންނަށް ތިބެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ހޯމް މިނިސްޓްރީން ވެސް ހުޅުމާލޭގައި ބިދޭސީން ބައިތިއްބަން ފެސިލިޓީއެއް ތައްޔާޜު ކުރަމުން ގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ވަގުތު މާލޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުގެ ފުރުސަތު ބޮޑުކަަމަށް ފެންނާތީ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވެފައިވާ ޖުމްލަ މީހުންގެ އަދަދަކީ 519 އެވެ. އޭގެތެރޭގައި ހިމެނެނީ 176 ދިވެހިންނާއި 343 ބިދޭސީންނެވެ.
މާލަސްވީ އެންމެ ކުރީކޮޅުގަ ކޮށް ނިންމާފަ އޮންނަންވާކަމެއް ފުރަތަމަ ކޮވިޑު ފެނުނީމަ އަޅަންވާ ފިޔަވަޅެއް