ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ތަންތަނުގެ ތެރެއިން ދަރުމަ ދޯނީގެ އިތުރުން 3 ރަށެއް މިހާރު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މޮނިޓަރިންގެ ހާލަތުން އާންމު ހާލަތަށް ލެވިފައިވާ ތަންތަނަކީ ދަރުމަ ދޯންނާއި، ބ. ކެންދޫއާއި، ހއ. ދިއްދޫއާއި، ހއ. އުތީމު ކަމަށެވެ.

ހަމައެއާއެކު މޮނިތަރިންގެ ހާލަތުގައި ދެންތިބި ތަންތަން ތިބީ މޮނިޓަރިންގެ ހާލަތުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ޖުމްލަ މޮނިޓަރިންގެ ހާލަތުގައި ވާ ތަންތަނުގެ ޖުމްލަ އަދަދަކީ 263 ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދާ ހަމައަށް ޖުމްލަ ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 519 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 176 ދިވެހިންނާއި، 343 ބިދޭސީންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 447 މީހުން އަދި ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 1311 މީހުން އެބަ ތިއްބެވެ.