އިތުރު 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ލަންކާ މީހަކާއި 4 ދިވެހިންނެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 519 އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 21 އެވެ. ކުރިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ.

މިއަދު ޕޮޒިޓިވްވި ދިވެހިންގެ އަދަދު 21 އަށް އަރާފައި ވާއިރު، މިހާތަނަށް ޕޮޒިޓިވް ވި 519 މީހުންގެ ތެރެއިން 176 މީހުންނަކީ ދިވެހިންނެވެ. 343 މީހުންނަކީ ބިދޭސީންނެވެ.

މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައި ވާއިރު މިދިޔަ ހުކުރު ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވި ދުވަހެކެވެ.

ހުކުރު ދުވަހު އެކަނިވެސް 191 މީހުން ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ.