މަނަދޫ މީހާ ޕޮޒިޓިވް ކަން އެނގުނު އިރު އޭނާ ހުރީ ގޮސް ގެސްޓް ހައުސެއްގައި ކަމުން އޭނާއާ ބައްދަލުވީ މީހުން ދެނެގަތުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، އެ އަންހެންމީހާ އައިޖީއެމްއެޗަށް ދިޔައީ ބަނޑުގައި ރިއްސާތީ ކަަމަށާއި، އަދި އޭނާގެ ފަރާތުން ކޮވިޑަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. ނަމަވެސް ޕްރޮސީޖާއެއްގެ ދަށުން ކޮވިޑްގެ އަލާމާތް ނެތް ނަމަވެސް، އީއާރުން އެ އަންހެންމީހާ ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނެގި ކަމަށް އަފްޒަލް ވިދާޅުވިއެވެ. އަދި އޭނާގެ ނަތީޖާ ލިބިފައި ވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލި ފަހުން ކަމަށާއި އޭރު އެ އަންހެން މީހާ ވަނީ ގެސްޓް ހައުސަކަށް ގޮސްފައި ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެހންކަމުން މިހާރު އެ އަންހެން މީހާއާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރެވެމުންދާ ކަަމަށް އަފްޒަލް ވިދާލުވި9އެވެ. އެގޮތުން މާލެއާއި މަނަދޫގައި ކޮންޓެކްޓް ޓްރޭސިން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަަމަށް އަފްޒަލް ވިދާޅުވިއެވެ.

މަނަދޫ އަންހެން މިހާ މާލެ އައިސް އޭނާ ދެއްކީ އައިޖީއެމްއެޗްގެ އިމަޖެންސީއަށެވެ. މިދިޔަ މާޗް މަހު 25 ގައި އޮޕަރޭޝަނެއް ކުރުމަށް ފަހު އަނބުރާ ރަށަށް ގޮސްފައިވާ މީހެއްވެސް މެއެވެ. އޭގެ ފަހުން އިތުރު ތަނަކަށް ރަށުން ބޭރަށް ދަތުރު ކޮށްފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އޭނާ ރަށުން ޑޮކްޓަރަށް ދެއްކީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ކަމަށާއި އޭނާއަކީ ކޮވިޑް-19އަށް ޝައްކު ކުރެވިގެން ފަރުވާދިން ބަލިމީހެއް ނޫންކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެ މީހާގެ ހާލު ބޮޑުވެގެން ބުރާސްފަތި ދުވަހުގެރޭ އޭނާ މާލެ ގެނެވިފައި ވާއިރު، ހުން ހުރުމާއެކު އައިޖީއެމްއެޗުން ކޮވިޑް-19 އަށް ޓެސްޓް ކުރި ކަމަށާއި، ޕޮޒިޓިވްވިކަން އެނގިފައިވަނީ ހުކުރު ދުވަހުގެ ހަވީރު ކަމަށްވެސް މައުލޫމާތު ލިބެއެވެ. އޭރު އޭނާ ހުރީ ގެސްހައުސްއެއްގައި ކަމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަމް ވިދާޅުވިއެވެ.

މަނަދޫ މިޙާ ޕޮޒިޓިވްވެފައި ވާއިރު މިހާރު އެ ރަށް ވަނީ މޮނިޓަރިންގެ ހާލަަތށް ގެންގޮސްފައެވެ.