ކޮވިޑް-19 އާ ގުޅިގެން މިއަދު ނ. މަނަދުއާއި ހއ. ތަކަންދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ދެ ރަށެއް މޮނިޓަރިންގެ ހާލަަތަށް ގެންގޮސްފައިވާ ކަަމަށާއި އަދި ތިން ތަނެއް އާންމު ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.
ނ. މަަނަދޫ މޮނިޓަރިންގެ ހާލަަތަށް ގޮސްފައިވަނީ އެ ރަށުން މާލެއަށް އައި ބަލި މިޙަކު އައިޖީއެމްއެޗަށް ދެއްކުމަށްފަހު ކޮވިޑަށް ހެދި ޓޭސްޓުގެ ނަތީޖާ ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ އަންހެން މީހާ ޕޮޒިޓިވްކަން އެނގުނު އިރު އޭޏާ ހުރީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި އެނާ އޭރު ވަނީ ގެސްޓް ހައުސަކަށްވެސް ގޮސްފައެވެ. އެހެންކަމުން އޭނާއާ ބައްދަލުވީ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ އިރު މާލެއިންނާއި މަނަދޫން ކޮންޓެކްޓްވީ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހއ. ތަކްނދޫ މޮނބިތަރިންގެ ހާލަތަށް ގެނެސްފައިވާ އިރު އެ ރަށުންވެސް މިއަދު ވަނީ ޕޮޒިޓިވް ތިން ކޭސްއެއް ފެނިފައެވެ. އެ 3 މީހުންނަނީ މިމަހުގެ 15 ވަނަ ދުވަހު، ކާވިޔާ ބޯޓުގައި އެ ރަށަށް ދަތުރުކުރި ތިން މީހެކެވެ. ޕޮޒިޓިވްވި ތިން މީހުންގެތެރޭގައި ހިމެނެނީ ދެ އަންހެނަކާއި އެތަނުން އެއް އަންހެނެއްގެ ދަރިއެކެވެ.