މިއަދި އިތުރު 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ މިއަދުގެ ޖުމްލަ 7 އަށް އަރައިފިއެވެ.

ޕޮޒިޓިވްވެފައި ވަނީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ.

ރޭ 3:07 ގައި އެޗްޕީއެއިން ވަނީ 72 ބަންގްލަދޭޝް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައެވެ. އެއަށް ފަހު މިއަދު ވަނީ ތަކަންދޫއިން 3 މީހަކު މި ބައްޔަށް ޕޮޒިޓީވްވެފައި ކަމަށް ބުނެއެވެ. އެހެންކަމުން ދެންމެ ޕޮޒިޓިވްވި 4 މީހުންނާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 79 އަކަށް އަރާފައެވެ.

އިއްޔެ މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައި ވާ މީހުންގެ އަދަދު ވަނީ 119 އަށް އަރާފައެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ރާއްެޖއިން ޕޮޒިޓިވްވެފަިއވާ ކަމަށް އިއުލާންކޮށްފައިވަނީ އިއްޔެއެވެ.

މިހާރު ރާއްޖެއިން މިބވައްޔަށް ޕޮޒިޓިވްވެފައި ވާ މީހުންގެ އަދަދު މިވަނީ 475 އަށް އަރާފައެވެ. އެއީ ބަންގަލަދޭޝްގެ 254 މީހުންނާއި ރާއްޖޭގެ 150 މީހުންނާއި އިންޑިއާގެ 59 މީހުންނާއި، އިޓަލީގެ 11 އަދި ޕާކިސްތާންގެ 3 މީހެކެވެ. މީގެ އިތުރުން ނޭޕާލްގެ 2 މީހުންނާއި، ސްރީ ލަންކާގެ 2 މީހުންނާއި އަދި އެހެނިހެން ކެޓަގަރީގެ 4 މީހުން ހިމެނެއެވެ.