ރާއްޖޭގައިވެސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް އިތުރު 6 މީހަކު ޕޮޒޮޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، މިއަދު ކޮވިޑަށް ޕޮޒިޓިވެފައި ވަނީ 13 މީހުން ކަމަށާއި އެއީ 7 ދިވެހިންނާއި 6 ބިދޭސީން ކަމަށެވެ. އޭގެތެރޭގައި ތަކަންދޫއިން ޕޮޒިޓިވްވި ތިން މީހުން ހިމެނެއެވެ.

ޕޮޒީޓިވްވާ މީހުންގެ އަދަދު ގިނަ ވަމުން ދާއިރު އައްޔެ އަކީ އެންމެ ގިނަ އަަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އެގޮތުން އިއްޔެ ޖުމަލް 191 ފަރާތެއް ވަނީ ޕޮޒިޓީވްވެފައެވެ. އޭގެތެރޭގައި ގިނައިން ހިމެނެނީ ބަންގްލަދޭޝް މީހުންނެވެ.

މިހާރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 424 މީހުންނެވެ. އަދި ކަރަންޓީން ފެސިލިތީތަކުގައި ތިބީ 1225 މީހުންނެވެ. މިއަދު 3 މިޙާކު ވަނީ ކަރަންތީން ފެސިލިތީގައި ހޭދަކުރަންޖެހޭ މުދަތު ހަމަަކުރުމަށްފަހު ކޮވިޑަށް ހެދި ދެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެގެން ދޫކޮށްލާފައެވެ.

ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަށް ބާލާލާއިރު މިހާރު ޖުމަލަ އަދަދަކީ 481 އެކެވެ. އަދި އެކްތިވް ކޭސްގެ ގޮތުގައި ތިބީ 461 ކޭސްއެވެ. މި ބަލި ޖެހިގެން ރަނގަޅުވެފައި ވާ މީހުންގެ އަދަދީ 17 އެވެ. އަދި އެކަކު ވަނީ މި ބަލީ ޖެހިގެން މަރުވެފައެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ.