ޑިންގީއެއްގައި އއ.ހިމަންދޫން ފުރަންއުޅުނު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ރޭ 11:45 ހާއިރު، ހިމަންދޫ ޓާސްކް ފޯސްގެ ހުއްދަނެތި ޑިންގީއެއްގައި ރަށުން ބޭރަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެސްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރާއި، 26 އަހަރާއި 32 އަހަރުގެ ދިވެހި ތިން ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
އެ ތިން މީހުން ޑިންގީގައި ރަށުން ފުރިތަނާ އެ ރަށުގެ ޓާސަކް ފޯސްއަށް ފެނިގެން ޓޯޗުން ޑިންގީއަށް އަލިކޮށް ހެދުމުން އެމީހުން އަނބުރާ އައިސް ސިއްރުން ރަށަށް އަރާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ތިންމީހުން މިހާރު ހައްތަރު ކޮށްފައިވާއިރު، އިއްޔެ ވަނީ މިއަދު ބ. ގޮއިދޫއިން މީހަކު ފަތާފައި ބ. ފެހެންދޫއަށް ގޮސް އެނބުރި ގޮއިދޫއަށް ދަނިކޮށް ފަޅުތެރެއިން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ކޮވިޑް-19އާ ގުޅިގެން މޮނޮޓަރިންގެ ހާލަތައް ގެނެސްފައިވާ ނ. މާފަރުން، މަސްދަތުރުދިޔަ ދެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން ކޮވިޑް-19 ރާއްޖޭގެ ރަށްތަކުގައި ފެތުރުމުގެ ބިރު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ މި އެންގުމާ ހިލާފަށް އެރަށުން އަނެއް ރަށަށް ދަތުރު ކުރަމުންދާ ފަރާތްތައް ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ.