ވަޅަކަށް ވެއްޓި 4 އަހަރުގެ ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވަޅަކަށް ވެއްޓި މަރުވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މަރުވެފައި ވަނީ ގއ، ކަނޑުހުޅުދޫގެ ކުއްޖެއް ކަމަށާއި އެ ކުއްޖާ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަަމަށް ހެލްތް ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާއިރު، މިއީ މި ފަހަކަށް އައިސް ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ.