ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން 277 އަށް އަރައިފިއެވެ.

ޮވިޑް-19 އަށް އިތުރު 8 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިކަން ހާމަ ކޮށްފައިވަަނީ ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ.

މިރޭ ހާމަ ކުރި މި 8 މީހުންނަކީ ވެސް ދިވެހިންނެވެ. އަދި މި މީހުންގެ ތެރެއިން 4 މީހުންނަކީ އަރްއެސްސީ ކްލަސްޓާގައި ހިމެނޭ މީހުން ކަން ބެނެގަނެވިފައިވާއިރު، ބާކީ ތިބި މީހުންނަކީ ކޮން ކްލަސްޓާއެއްގެ ބައެއް ކަމެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖެއިން 277 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 17 މީހަކު މިހާރު ބަލިން ރަނގަޅު ވެފައި ވާއިރު، 2 މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 260 މީހުންނެވެ.

މިހާލަތާ ގުޅިގެން މާލެ ސަރަހައްދު ވަނީ މިމަހު 15 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގެ ހާލަތެއްގައެވެ. އަދި މީގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކުން ވެސް މި ބަލި ފެނިފައިވުމާއެކު ބައެއ ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.