ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިކަށި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ކުރައްވައިފިއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު މަސައްކަތް ކުރައްވަނީ ވަރަށް ބުރަކޮށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހެލްތު މިނިސްޓަރު ޖަވާބުދާރީ ކުރުވުމަށް ފޮނުވާފައިވާ ނޯޓިސް ހަމަވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ނޯޓިސް އަށް މިނިސްޓަރު އަމީން ޖަވާބު ނުދެއްވި ކަމަށް ވިދާޅުވެ އެކަމުގެ ނާޖާއިޒު ފައިދާ ބައެއް މެންބަރުން މިހާރު ނަގަނީ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މި ހުރިހާ ކަމަކީ ވެސް ރައީސް ސޯލިހުގެ ސަރުކާރު ބަލިކަށި ކުރުމަށް ރޭވިގެން މަޖިލިސް ތެރެއިން ހިންގާ ކަންކަން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ހެލްތު މިނިސްޓަރާ ސުވާލެއް ކުރުމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވިއެވެ. އަދި މިމަހުގެ 14 ވަނަ ދުވަހު މިނިސްޓަރަށް ނޯޓިސް ފޮނުވި އިރު މިދިޔަ ހޯމަ ދުވަހު ނޯޓިސްގެ މުއްދަތު ހަމަވެފައިވާ ކަމަށް އިއްޔެ މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ. އެހެން ކަމުން މިނިސްޓަރު އަމީން ގާނޫނުއަސާސީއާއި ރައްޔިތުން މަޖިލީހުގެ ގަވާއިދާއި ހިލާފުވި ކަމަށް މަޖިލިސް ރައީސް ކަނޑައެޅުއްވިއެވެ.
އެއާއެކު މަރަދޫ ދާއިރާގެ މެންބަރު ހިތްހަމަ ޖެހިވަޑައިނުގެން ވިދާޅުވީ ގާނޫނޫ އަސާސީއާ މިނިސްޓަރަކު ހިލާފުވި ކަމަށް ކަނޑައެޅުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށެވެ. އަދި އެއީ މަޖިލިސްގެ އިދާރާއަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ.
ރަށަށް ދާންބޭނުން... މިދިޔަ މިހުގެ 15 އިން ފެށިގެން މާލޭގައި ތާށިވެފައި މިހުންނަނީ...