އިތުރު 13 ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭން ބުނީ ޕޮޒިޓިވްވި 13 މީހުންނަކީވެސް ދިވެހިން ކަމަށެވެ.. މިއަދު ފުރަތަމަ ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައިވެސް 5 ދިވެއްސެއް ހިމެނެއެވެ. މިއަދު ޕޮޒިޓިވްވެފައިވަނީ އެންމެ ބިދޭސީއެކެވެ. އެއީ ޕާކިސްތާނަށް ނިސްބަތްވާ މީހެކެވެ.
އިތުރު 13 ދިވެހިން ކޮވިޑަށް ޕޮޒިޓިވްވެ މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 19 އަށް އަރައިފައިވާއިރު، ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 269 އަށް ވަނީ އަރާފައެވެ. ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 117 އަށް އިތުރުވީއިރު، ބަލިޖެހުނު ބިދޭސީންގެ އަދަދު ވަނީ 152 އަށް އަރާފައެވެ. އެންމެ ގިނަ އަދަދަކަށް ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަނގްލަދޭޝް މީހުންނެވެ. އަދި އޭގެ ތެރޭގައި ބާޒާރު ކްލަސްޓައާއި ގުލޫންހުރި ފަރާތްތައް ގިނަކަން އެޗްޕީއޭން ވަނީ ހާމަ ކޮށްފައެވެ.
މާލެއިން ކޮވިޑް-19 ފެނިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެފަހުން މާލެއިންނާއި ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ ދުވަހަކުވެސް ވަކި ވަރަކަށް މީހުން އަންނަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މާލެއިން ބޭރުން ރާއްޖޭގެ ބައެއް ރަށްތަކުން ވެސް މި ބައްޔަށް ޕޮޒިޓިވްވި މީހުން ވަނީ ފެނިފައެވެ.
މާލެއިން ކޮވިޑް19 ފެނުމުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމި 14 ދުވަހުގެ މުއްދަތު މާދަމާ ހަމަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިތުރު 14 ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމާފައެވެ.
ބަލަ އެކަކު ނިޔާވެއްޖެންނޫންތޯ.