ކޮވިޑް-19 އާ ގުޅިގެން 130 ފުލުހަކު ކަރަންޓީންގައި އެބަތިބި ކަމަަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑްގެ އެކި ކޭސްތަކާއި ގުޅިގެން 130 ފުލުހަކު ކަރަންޓީން ކޮށްފައިވާ ކަމަަށެވެ.

އޭނާ ވިދާޅުވީ ކޮންމެ ޕޮޒިޓިވް ކޭހަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް ފަހު ގިނަ ބަޔަކު ކަރަންޓީން ކުރާ ކަމަށާއި އެގޮތަށް ކަރަންޓީން ކުރާ މީހުން ނިސްބަތްވާ ތަންތަން މުޅިން ސާފުވެ އެ މައުލޫމާތު އެޗްޕީއޭއަށް ލިބޭނީ އެެއް ދުވަސް ފަހުން ކަމަށާ އެހެންވެ އެ އަދަދު އަދި އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަަށެވެ. ނަމަވެސް ރޭގެ ނިޔަލަށް ކަރަންޓީންގައި ތިބި ކަމަށް މައުލޫމާތު ލިބިފައިވަނީ 130 ފުލުހުން ކަމަަށް މަބުރޫކް ވިދާޅުވިއެވެ.

މިހާތަނަށް އެއްވެސް ފުލުހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން އިއުލާން ކޮށްފައި ނުވި ނަމަވެސް ސިފައިންގެ ފަސް މީހަކު ވަނީ ބައްޔަައް ޕޮޒިޓިވް ވެ އިއުލާން ކޮށްފައެވެ. އަދި އެމީހުންނާ ގުޅުން ހުރި ގިނަ އަދަދެއްގެ އެހެން ސިފައިން ވެސް ކަރަންޓީނު ކޮށްފައި ވެއެވެ.

މިދިއަ އާދިއްތަ ދުވަހުގެ ރޭ އެޗްޕީއޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޭސްތަކުގެ ތަފްސީލް ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވެފައިވާ ސިފައިންގެ ތެރޭގައި ބަންޑާރަ ކޮށިން ޕޮޒިޓިވް ވި ސިފައިންގެ މީހަކާއި ކަޅުތުއްކަލާ ކޮށިން ޕޮޒިޓިވް ވި ދެ މީހަކު ހިމެނޭ ކަމަށެވެ. އަދި ބަންޑާރަ ކޮށިން ޕޮޒިޓިވް ވި ސިފައިންގެ މީހާއާ ގުޅިގެން 48 މީހަކު ފާހަގަ ވެފައި ވާއިރު ކޭކޭ (ކަޅުތިއްކަލާ ކޮށި) އިން ޕޮޒިޓިވް ވި ސިފައިންގެ ދެ މީހުނާ ގުޅޭ 46 މީހަކު ކޮންޓެކްޓްރޭސިންގެ ގޮތުގައި ފެނިފައިވާ ކަމަށެވެ.

ދެން ޕޮޒިޓިވް ވެފައި ވަނީ ކޮވިޑް ވިލެޖްގައި މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ދެ މީހެކެވެ. އެ ދެ މީހުން ޕޮޒިޓިވް ވުމާ ގުޅިގެން 23 މީހަކު ކޮންޓެކްޓް ޓްރޭސިންގެ އަށޤ ގެންގޮސްފަ އިވާ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.