ދަރުމަ ނަމަކަށް ކިޔާ ބޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސް މިހާރު މޮނިޓަރިންގެ ހާލަތުގައި ވާ ތަންތަނުގެ ތެރެއިން ތިން ރަށެއް އާންމު ހާލަތަށް ބަދަލުކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރު މޮނިޓަރިންގެ ހާލަތުގައިވާ ތަންތަނުގެ ތެރެއިން ނ. ވެލިދޫ އާއި ކ. މާފުށީގެ އިތުރުން ބ. ފުޅަދޫ އާންމު ހާލަަތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގެ ތެރޭގައި ހިމެނެނީ، ހދ. އަތޮޅުގެ 3 ރަށަކާއި، ހއ. އަތޮޅުގެ 3 ރަށަކާއި، ށ. އަތޮޅުގެ 6 ރަށަކާއި، ނ. އަތޮޅުގެ 5 ރަށަކާއި، ކ. އަތޮޅުން ތިން ރަށަކާއި ބ އަތޮޅުން ރަށަކާއި ރިސޯޓެކެވެ.

ހދ. އިން މޮނިޓަރިން ހާލަތުގައިވާ ރަށްރަށަކީ، ކުމުންދޫ އާއި ހިރިމަރަދޫ އަދި ކުޅުދުއްފިއްޓެވެ. ހއ. އަޮޅުން މިނިތާރިންގެ ހާލަތުގައި އޮތް ރަށްރަށަކީ އުލިގަމާއި، ދިއްދޫއާއި އުތީމެވެ. ށ. އަތޯލުން މިނިޓަރިން ހާލަތުގައި އޮތް ރަށްރަށަކީ ޅައިމަގާއި، ގޮއިދޫ އާއި މާއުނގޫދޫއާއި ފީވަކާއި، ނިލަންދޫ އަދި ފުނަދޫއެވެ. ނ. އަތޮޅުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށަކީ ހެނބަދޫއާއި ކެނދިކުޅުދޫއާއި މިލަދޫއާއި މާފަރު އަދި ހޮޅުދޫއެވެ.

ހަމައެއާއެކު ބ. ކެންދޫއާއި ތީލާގިރި އައިލެންޑް ރިސޯތާއި، ކ. ތުލުސްދޫ އާއި ކ. ކުޑަވިލިނގިލި އަދި ގްރޭޓާ މާލެ ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. މީގެ އިތުރުން އަމާޒު ބޯޓާއި ކާވިޔާ ބޯޓުވެސް އޮތީ މޮނިޓަރިންގް ހާލަތުގައެވެ.