95 ފަރާތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ދިވެހި ރެޑް ކްރަސެންޓުން ބުނެފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައީދު ވިދާޅުވީ ޕީއެސްއެސް ހޮޓްލައިނާއެކު ފަސޭހަތަކެއް ވި ކަމަށާއި ޕީއެސްއެސް ހޮޓްލައިން ގާއިމްކޮށްފައި ވަނީ އޭޕްރިލް 26 ވަަނަ ދުވަހު ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރި ހޮޓްލައިނުން ތައްޔާރު ކުރި ރިމޯޓް ސެޓަޕާއެކު، ސައިކޯ ސޯޝަލް ފަސްޓްއެއީޑާސް ބޭނުންކޮށްގެން މީހުންނަށް ނަފްސާނީ އެހީތެރިކަން ދެމުންދާ ކަމަށާއި މިހާތަނަށް މިހާތަނަށް ރިމޯޓް އޮޕަރޭޝަން ހުޅުވާލެވުނު ފަހުން 95 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަން މައީދު ވަނީ ގާހަގަ ކޮށްފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ރެޑްކްރެސެންޓުން ދައުލަތުގެ ނޭޝަނަލް އޮޕަރޭޝަން ސެންޓަރާއި ގުޅިިގެން ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ކުރަމުންދާ އެއް މަސައްކަތަކީ ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މައީދު ވިދާޅުވިއެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 1468 ފަރާތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް މައީދު ފާހަގަ ކުރެއްވިއެވެ.