މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ވަނިކޮށް ދޯންޏެއް ވަގަށް ނަގައި، ނ. މާޅެންދޫން ނ. ކެނދިކުޅުދުއަށް ދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 12:53 ހާއިރު މާޅެންދޫ އިން ދެ މީހަކު އެރަށު ޓާސްކު ފޯހަށް ނޭނގި އަދި ދޯނީގެ ވެރިފަރާތުގެ ހުއްދަ އަކާ ނުލައި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކެނދިކުޅަދޫ އަށް ހުއްދަ ނުހޯދާ ދިއުމަށް ފަހު އެނބުރި މާޅެންދޫއަށް އައިސްފައިވާ ކަމަށެވެ.

އެމައްސަލަ އާ ގުޅިގެން އެދެމީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ އެމައްސަލަގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ދެމީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުނެއެވެ.

އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އިއްޔެ ވަނީ ހދ. ކުރިނބީން ހދ. ކުޅުދުއްފުއްޓަށް ކެނޯއެއްގައި ދިޔަ ބަޔަކުވެސް ހައްޔަރު ކޮށްފައެވެ. އަދި މީގެ ކުރިންވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް ދަތުރު ކުރުން މަނާ ކޮށްފައި ވަނިކޮށް ހދ. ނޮޅިވަރަމްގެ ހުޅަނގު ފަރާތުން ކެނޯއެއްގައި ދެ މީހަކު ކުޅުދުއްފުށީ ސިޓީ އެއާޕޯޓްގެ ރަންވޭގެ ހުޅަނގު ކޮޅުން ކެނޯ ބަންޑުން ޖަހާލާފައިވާ ކަމަށް ބުނެ، ކުޅުދުފުއްޓަށް އަރާފައިވާ މައްސަލައެއް ވަނީ ފެންމަތި ވެފައެވެ. އަދި ފުލުހުން ވަނީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.