މޫސުން ގޯސްވުމުގެ ސަބަބުން ދެކުނާއި މެދު ރާއްޖެތެރެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ، ކ. އަތޮޅުން ފެށިގެން އައްްޑު އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެެރެފައެވެ. އެ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 9:00 އިން ފެށިގެން 1:00 ގެ ނިޔަލަށެވެ. އަދި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން މިހެން ބުނެފައިވާއިރު، އެ އިދާރާއިން ވަނީ، މިއަދު ޅ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. މި ސަރަހައްދަށް ޔެލޯ އެލާޓް ނެރުނީ މިއަދު ހަވީރު 5:15 އިން ފެށިގެން މިރޭ 7:00ގެ ނިޔަލަށެވެ. މެޓް އޮފީހުން ވަނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރާނެ ކަމަށެވެ.

މީގެ އިތުރުން، މާލޭ ސަރަހައްދަށް ވިދާ މަންޒަރު ފެންނަ ވީޑިއޯ އަދި ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.