ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 210 އަށްވުރެ ގިނަ ގައުމާ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 3004120 އަށް އަރާފައެވެ.
އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމުތައް
- އެމެރިކާ: 987322 ކޭސް | 55415 މަރު
- ސްޕެއިން: 226629 ކޭސް | 23190 މަރު
- އިޓަލީވިލާތް: 197675 ކޭސް | 26644 މަރު
- ފަރަންސޭސިވިލާތް: 162100 ކޭސް | 22856 މަރު
- ޖަރުމަނުވިލާތް: 15770 ކޭސް | 5976 މަރު
ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 1914229 ކޭހެވެ. މީގެ ތެރެއިން 57630 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ.
882772 މީހަކަށް ޝިފާ ލިބިފައިވާކަމަށް ނުވަތަ ހޮސްޕިޓަލުތަކުން ދޫކޮށްލާފައިވާކަމަށް ރެކޯޑްތަކުން ދައްކާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 207119 އަށް އަރާފައެވެ.