ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަލާމާތްތަކުގެ ލިސްޓަށް، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)އިން 6 ކަމެއް އިތުރުކޮށްފިއެވެ.
ކޮވިޑް-19އަށް ސަމާލުވުމަށް ސީޑީސީއިން އަލަށް ހިމެނި އަލާމާތްތަކަކީ:
- ހީކެރުވުން
- ހީކުރެވުމާއެކު (ތަކުރާރުކޮށް) ތުރުތުރުއެޅުން
- މަސްތަކުގައި ރިއްސުން
- ބޮލުގައި ރިއްސުން
- ކަރުގައި ރިއްސުން
- ކުއްލިއަކަށް ރަހަލުމާ ވަސްދުވުމުގެ ހިއްސަށް އުނިކަމެއް އައުން
ސީޑީސީއިން ބުނާ ގޮތުގައި ކޮވިޑް-19ގެ އަލާމާތްތަކަކީ ވައިރަހަށް ހުށަހެޅޭތާ 2-14 ދުވަހުގެ ތެރޭގައި ފެންނަން ފަށާ އަލާމާތްތަކެކެވެ.
ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ހަށިގަނޑުން ތަފާތު އެކި އަލާމާތްތައް ދަނީ ފެންނަމުންނެވެ. އެ ގޮތުން ވަރަށް މަޑުން ހުންނަ އަންނަ މީހުންނާ ވަރަށް ގަދައަށް ހުންނަ މީހުން އުޅެއެވެ. ސީޑީސީއިން ވަނީ އަންނަނިވި އަލާމާތްތަކުގެ ތެރެއިން އަލާމާތެއް ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް ސިއްހީ ތަޖުރިބާކާރުންގެ އެހީ ހޯދުމަށް އިރުޝާދު ދީފައެވެ.
- ނޭވާލާން އުނދަގޫވުން
- މޭގައި ރިއްސުން ނުވަތަ މެޔަށް ބާރުވާގޮތްވެފައި ހުރުން
- ތުންފަތް ނުވަތަ މޫނަށް ނޫކަލައެއް އެރުން
- އެދުންވެރިކަން ފުއްދުމަށް ނުކުޅެދުން
ދުނިޔޭގެ އެކި ކަންކޮޅުތަކުން 210 އަކަށް ވުރެ ގިނަ ގައުމާ ސަރަހައްދަކުން މި ބަލި ފެނިފައިވާއިރު، ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2.9 މިލިއަންއަށްވުރެ މައްޗަށް އަރާފައެވެ.
މީގަ ލިއާ އެއްޗެއް ކިޔަން އެނގޭ ގޮތައް ލިއެބަލަ އަމާ ބުނީތީ ފަރައްދާހެން ނޫސްވެރިންވެސް ކަންތައް ނުކުރައްވާ
އެދުން ތައް ބަރާބަރަށް ފުއްދޭ އަދި މާތްﷲ ގެ އިރާދަފުޅުން އަލްހަމްދުލިލާހި
އޯކޭ ހުރިހާ ކަމެއްވެސް އެކަމު ފަހު އެތި ދޯ