ކުރިއަށް އޮތްތަނުގައި ރަށްރަށަށް ކޮވިޑް ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުން އުވާލެވޭނީ މިހާރު ފެންނަ ކޭސްތައް ކޮންމެވެސް ވަރަކަށް ހައްލުވެގެން ކަމަށާއި ބެކްލޮގް ކްލިއާ ވެގެން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރަށްރަށަށް ވެސް މި ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ފެންނަ ކޭސްތަކަށް ބަލާއިރު، ގުރޫޕްކޮށް ގްރޫޕަށް ގިނަ ކޭސްތައް ފެނަނމުން އަންނަ ކަމަށާއި އަދި ޚޭސްތައް ފެންނަނީ އެއް ސަރަހައްދަކުން ކަމަށެވެ. މިހާރު މި ފެންނަނީ ކޮމިއުނިޓީ ސްޕްރެޑް ފެށުނުފަހުން އެކަކު އަނެކަކާ ގުޅިފައި އޮތީމަ ފެންނަ ކޭސްތައް ކަމަށް އަފްޒަލް ވިދާޅުވިއެވެ. އެހެންކަމުން، ކުރިއަށް އޮތްތަނުގައި ވެސް އިތުރު ޕޮޒިޓިވް ކޭސްތައް ފެންނާނެ ކަމަށް ދެކެވަޑާއިގަންނަވާ ކަމަށް އަޒފްޒަްލް ވިދާޅުވިއެވެ.

މިހާތަނަށް އަިސްފައިވާ ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު މިއަދަކީ އެންމެ ގިނަ އަަދަދެއްގެ ޕޮިޓިވް ކޭސް އައިފައިވާ ދުވަހެވެ. އެގޮތުން މިއަދު 73 ކޭސް ފެނި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު ވަނީ 214 އަށް އަރާފައެވެ. މިހާރު ރާއްޛޭގެ އައިސޮލޭޝަން ފެސިލީޓިތަކުގައި ޖުމްލަ 156 ފަރާތަކާއި ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 1281 ފަރާތެއް އެބަ ތިއްބެެވެ.