އިތުރު 11 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ބަންގްލަދޭޝް 9 މީހަކާއި އިންޑިއާ މީހެއްގެ އިތުރުން ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ވަނީ މީގެކުރިން ކޮވިޑް19 އަށް 36 މީހަކު ޕޮޒިޓިވް ވެފައެވެ. މިއާ އެކު މިއަދު އެކަނި މި ބައްޔަށް 47 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. މިއީ ރާއްޖެއިން މި ބައްޔަށް މިހާ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. މި އަދަދާއެކު ޖުމްލަ މިހާރު ވަނީ 188 އަށް އަރާފައެވެ.ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ބިދޭސީންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައި ވާއިރު މާލެ ސަރަހައްދަކީ ގިނަ އްދަދެއްގެ ބިދޭސީން ދިރިއުޅޭ ސަރަހައްދެކެވެ. އިޖުތިމާއީ އެކި މަަސައްކަތްތައް ކުރަނީ އެމީހުންނެވެ. ކަންމަތީ ފިހާރަތަކުގައިވެސް އުޅެނީ އެމީހުންނެވެ. މުދާ އުފުލުމާއި އެނޫންވެސް މަސައްކަތްތައްކުގައި އެމީހުން އުޅޭއިރު އާންމުންގެ ގޭގެއަށް ވެއްދޭ ތަކެތި ރަނގަޅަށް ޑިސްއިންފެކްޓް ކުރަން ޖެހެއެވެ.ރާއްޖެގައި ކޮވިޑް ޖެހި މިހާތަނަށް މީހަކު މަރުވެފައި ނުވި ނަމަވެސް ކޮވިޑް ޖެހިފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. އަދި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ޒުވާނުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.