ރާއްޖެއިން އިތުރު 17 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ 9 ބިދޭސީންނާއި 4 އިންޑިއާގެ މީހަކާއި ދިވެހި 3 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަނެއް މީހާގެ ތަފްސީލެއް ނުލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވި ދިވެހި ތިން މީހުންނަކީ އަމާޒު ބޯއްޓު ނިސްބަތްވާ ނަރުދޫގެ ތިން މީހުންނެވެ.

ރެއާ ހަމައަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު އޮތީ 226 ގައެވެ. ނަމަވެސް މިއަދު ޕޮޒިޓިވްވި 20 މީހުންނާއެކު އެ އަދަދު ވަނީ 245 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނުނު ނަމަވެސް އެންމެ ފުރަތަމަ މިބަލި ފެނުނީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރުމަށް އައިސް ތިބި ފަތުރުވެރިންގެ ގައިންނެވެ. އަދި ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި މި ބަލި ރާއްޖޭގައި ފެތުރެން ފެށީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.