މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށް ވެ އެ ބަލީގައި މަރުވި މީހުންގެ އަދަދު 2 ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު ވަނީ 201132 އަށް އަރާފައެވެ.

މަރުގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކުރި ގައުމުތައް

  1. އެމެރިކާ: 53243 މަރު
  2. އިޓަލީވިލާތް: 26384 މަރު
  3. ސްޕެއިން: 22902 މަރު
  4. ފަރަންސޭސިވިލާތް: 22245 މަރު
  5. އިނގިރޭސިވިލާތް: 20319 މަރު

މިއަދު އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސް ރިޕޯޓްކޮށްފައިވަނީވެސް އެމެރިކާއިންނެވެ. އެމެރިކާއިން މިއަދު އެކަނިވެސް 1050 މަރުގެ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19ގެ އަދުގެ ހާލަތަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 210 ގައުމަކާ ސަރަހައްދަކުން މި ބަލި ވަނީ ފެނިފައެވެ. މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2.8 މިލިއަނަށް އަރާފައެވެ. އެކްޓިވް ކޭހުގެ އަދަދު 1863810 އަށް އަރާފައިވާއިރު، 58277 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ.