މާލޭ ލޮކްޑައުން ކުރުމާ ގުޅިގެން މާލޭގައި ގެދޮރުނެތް 86 މީހަކު ވަގުތީ ހިޔާގައި މިވަގުތު ބޯހިޔާވަހިކަން ހޯދަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވަގުތީ ހިޔާ ތަކުގައި މިވަގުތު ޖުމްލަ 86 ފަރާތަކުން ބޯހިޔާވަހިކަން ހޯދަމުން ދާ ކަމަށެވެ.
އެއީ:
- މާލެ ސަރަހައްދުގައި ހުރި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ 13 މީހެއް
- ޖަލުބަންދަށް ފަހު މާލެ ސަރަހައްދުގައި ތިބި 11 މީހުން
- ގެެއިން ނުކުނަން ޖެހިގެން ހާލުގައި ޖެހިފައިވާ 6 މީހުން
- ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި އުޅެމުން ދިޔަ 16 މީހުން
- ބޭސްފަރުވާއަށް މާލެ ސަރަހައްދަށް ޒިޔާރަތް ކުރި 14 މީހުން
- އެހެނިހެން ބޭނުންތަކަށް މާލެ ސަރަހައްދަށް ޒިޔާރާތްކުރި 09 މީހުން
- މަސްތުވާ ތަކެއްޗާއި ގުޅުން ހުރި 20 މީހުން
މީގެ ކުރިން ޖެންޑާ މިނިސްޓްރީން ވަނީ މިދުވަސްވަރު ހާލުގައި ޖެހޭ މީހުންނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށާއި ކާބޯތަކެތީގެ އެހީތެރިކަން ބޭނުން ވެފައިވާ 14 އާއިލާއަކަށް ފެމިލީ ލީގަލް ކްލިނިކާއި އާކް ގުޅިގެން އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.
ވަގުތީ ހިޔާގެ ގޮތުގައި މިހާރު ބޭނުން ކުރަމުން ދަނީ އިމާދުއްދީން ސްކޫލާއި ރެހެންދި ސްކޫލާއި ގާޒީ ސްކޫލުގެ އިތުރުން ކުރީގެ ސަރުކާރުން ހުޅުމާލޭގައި ގާއިމް ކުރަން ފެށި ފުޓްބޯލް ސްކޫލެވެ.