ކޮވިޑް-19 ފެތުރެމުން ދާތީ މާލެ ސަރަހައްދު ލޮކްޑްއުން ކޮށްފައި ވާ ހާލަތުގައި ވެހިކަލްތަކުގައި ޑެލިވަރީ ކުރަން ޖުމްލަ 4099 ހުއްދަ ދީފިއެވެ.
ފުލުހުން ބުނީ، މާލެ ސަރަހައްދުގައި ވެހިކަލްތަކުގައި ޑެލިވަރީ ކުރުމުގެ ޖުމްލަ 234 ހުއްދައެއް އިއްޔެ ދެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިއްޔެ މާލޭއިން 208 ހުއްދަ ދެވިފައިވާ ކަމަށާއި ހުޅުމާލެއިން 26 ހުއްދަ ދެވިފައިވާ ކަމަށެވެ.
މާލެ ލޮކް ޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މި މަހުގެ 15 ވަނަަ ދިވަހެވެ. ހަފްތާއެއްގެ ލޮކްޑައުންގެ ހާލަތުގައި ޖުމްލަ 4099 ފަރާތަކަށް ޑެލިވަރީ ކުރުމުގެ ވަނީ ދީފައި ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މާލެއިން ޑެލިވަރީ ކުރުމަށް ދީފައިވާ ޖުމްލަ ހުއްދައަކީ 3578 ހުއްދައެވެ. އަދި ހުޅުމާލެއިން 458 ހުއްދައާއި ވިލި މާލެއިން 63 ހުއްދަ ހިމެނެއެވެ.
ޑެލިވަރީ ކުރުމުގެ ހުއްދަ ދިނުމުގައި ތަނުގެ ކުޑަބޮޑު މިނަށް ބެލުމަށް ފަހު ޑެލިވަރީ ކުރާ ބައެއް ތަންތަނަށް ދޭއް ނުވަތަ ތިން ހުއްދަ ދެވިފައި ވާނެ ކަަމަށް ފުލުހުން ބުނެއެވެ.
ޑެލިވަރީ ސާވިސް ކޮށްދިނުމުގެ ނަމުގައި ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ނަންބަރުތަކަށް ގުޅުމުން އެ އެއްޗެހި ނުލިބޭ ކަމުގެ މައްސަލަތައް އަންނަނީ ރިޕޯޓު ކުރަމުންނެވެ. އަދި ޑެލިވަރީ ކޮށްގެން ތަކެތި ލިބޭ އިރު ބައެއް އެއްޗެތި މަދުން ގެނެސްދޭ މައްސަލަ ވެސް ރިޕޯޓު ކޮށްފައިވެއެވެ. އެފަދަ މައްސަލައެއް ރިޕޯޓުކުރާ ނަަމަ 1211 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ފުލުހުން އެދެއެވެ.
މާލެސިޓީ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވާއިރު މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާ ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ. މިދުވަސްވަރު ޒަރޫރީ ހިދުމަތް ހޯދުމަށް ފުލުހުން ދެމުންދާ ހާއްސަ ހުއްދައިގެ ދަށުން ކޮންމެ 3 ދުވަހަކުން 1 ދުވަހު މާލޭގެ ކޮންމެ ގެއަކުން އެކަކަށް ގަޑިއެއް ހާއިރަށް ނުކުތުމުގެ ފުރުސަތު ވަނީ ފަހިކޮށް ދީފައެވެ.
ކިތަމެ ބަޔަކު ނެރުނަސް އޯޑަރު ދީގެން ގެޔަށް އަންނަ އެއްވެސް އެއްޗެއްނެއް