ކޮވިޑް-19 މާލެއިން ގިނަ ކޭސްތަކެއް ފެނި، އަތޮޅުތެރޭގެ ރަށަކުންވެސް ކޭހެއް ފެނިފައި ވާއިރު، ދެން މިސްރާބު ޖަހާނީ ރާއްޖޭގެ ރަށްތަކަށް ކަމަށް ‌‎ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާލެއާއި ހިލާފަށް ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ނަގާނީ ސިއްހީ އެހީތެރިން ކަމަށާއި ރަށް ރަނގަޅަށް ދަންނާނީ އެ ރަށްތަކުގެ ސިއްހީ އެހީތެރިން ކަމަށެވެ. އަދި މި ބަލިން އަރައިގަތުމަށް އެ މީހުން ބާރުވެރި ކުރަން ޖެހޭ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ޑރ.ފައިސަލް އެފަދައިން ވިދާޅުވެފައި ވާއިރު، ހއ އުލިގަމުން ޕޮޒިޓިވް ކޭސް އެއް ފެނި ގިނަ ރަަށްތަކަކުން ގިނަ މީހުންތަކެއް ވަނީ ކަރަންޓީން އަދި އައިސޮލޭޓް ކޮށް ސާމްޕަލް ނަގަން ފަށާފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 66 އަށް އަރާފައެވެ. މީގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ. އަދި އުމުރުން 80 އަހަރުން މަތީގެ މީހެއްވެސް ހިމެނެއެވެ. މި ހުރިހާ މީހުންގެ ތެރޭގައި ބަންގްލަދޭޝް މީހުންނާއި ދިވެހިން ހިމެނެއެވެ. ނަމަވެސް ރާއްޖެއިން ކޮވިޑް ގެ ޕޮޒިޓިވެ ކޭސް އެއް ނުފެންނަތާ މި ވަނީ 24 ގަޑި އިތު ފާއިތުވެ ގޮސްފައެވެ،

މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 84 އެކެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 13 ބިދޭސީންނާއި ތިން ދިވެހިންނެވެ.