މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 2.6 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ހިސާބުތަކުން 210 އަށްވުރެ ގިނަ ގައުމާ ސަރަހައްދުން ޖުމުލަ 2637790 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.
އެންމެ ގިނަ މީހުން ޕޮޒިޓިވްވި (ކަމަށް ރިޕޯޓްކޮށްފައިވާ) ގައުމުތައް
- އެމެރިކާ: 848994 ކޭސް | 47676 މަރު
- ސްޕެއިން: 208389 ކޭސް | 21717 މަރު
- އިޓަލީވިލާތް: 187327 ކޭސް | 25085 މަރު
- ފަރަންސޭސިވިލާތް: 159877 ކޭސް | 21340 މަރު
- ޖަރުމަނުވިލާތް: 150648 ކޭސް | 5315 މަރު
- އިނގިރޭސިވިލާތް: 133495 ކޭސް | 18100 މަރު
- ތުރުކިވިލާތް: 98674 ކޭސް | 2376 މަރު
- އީރާނު: 85996 ކޭސް | 5391 މަރު
- ޗައިނާ: 82792 ކޭސް | 4362 މަރު
- ރަޝިޔާ: 57999 ކޭސް | 513 މަރު
ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 2.6 މިލިއަން މީހުންގެ ތެރެއިން އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 1735748 ކޭހެކެވެ. މީގެ ތެރެއިން 97 ޕަސެންޓް މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމުގައި ވީ ނަމަވެސް، 56679 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ.
717812 މީހަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، މަރުވި މީހުންގެ އަދަދު މިހާރު ވަނީ 184230 އަށް އަރާފައެވެ. މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓްކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން 47676 މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައިވާއިރު، ދެން އެންމެ ގިނަ އަދަދެއްގެ ބަޔަކު ރިޕޯޓްކޮށްފައިވަނީ 25085 މަރު ރެކޯޑްކުރި އިޓަލީވިލާތުންނެވެ.