މިއަދު ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ބީއޯސީ އަދި އެމްއެޗްއޭގެ އިތުރު މުވައްޒަފުން ހިިމެނޭ ކަމަށް ކޮވިޑް-19 މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް ސިލޯނާއި އެމްއެޗްއޭގެ އިތުރު މުވައްޒަފުން ޕޮޒިޓިވްވެފައިވާއިރު މީގެ ކުރިން ވެސް ވަނީ އެ ދެތަނުގެ މުވައްޒަފުން ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެމްއެޗްއޭގެ ސްޓާފަކާއި އޭނާގެ އާއިލާއެވެ. އެއީ ކޭސް 70، 71 އަދު 72 އެވެ.
ބޭންކް އޮފް ސިލޯނުން ޕޮޒިޓިވްވެފައިވަނީ މީހެ ކުރިން އެ ބޭންކުން ޕޮޒިޓިވްވި ކޭސް35 ގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި ކޭސް 80 އެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ރާއްޖެއިން މިހާރު ވަނީ ޖުމްލަ 83 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި މީގެ ތެރެއިން 16 މީހަކު ރަނގަޅުވެ، 2 މީހަކު ރާއްޖެއިން ފުރައިގެން ގޮސްފައި ވާއިރު، މި ބައްޔަށް މިހާރު 65 މީހަކު ދަނީ ރާއްޖޭގައި ފަރުވާ ހޯދަމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި 2 ދިވެހިންނާއި، މާލެ އިން ޕޮޒިޓިވްވި 33 ދިވެހިންގެ އިތުރުން މާލެއިން ޕޮޒިޓިވްވި 30 ބިދޭސީންނެވެ.
މާލެ ސަރަހައްދުން ފުރަތަމަ ފަހަރަށް މި ބަލި ފެނިފައިވަނީ މިދިޔަ ބުދަ ދުވަހެވެ. އެގޮތުން ބުދަ ދުވަހު 1 ކޭސް ފެނިފައިވާއިރު، ބުރާސްފަތި ދުވަހު 2 ކޭސް، ހުކުރު ދުވަހު 5 ކޭސް އަދި ހޮނިހިރު ދުވަހު 7 ކޭސް ވަނީ މާލެއިން ފެނިފައެވެ. މީގެ އިތުރުން އާދިއްތަ ދުވަހު 17 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 1 ކޭސް ވަނީ ހއ. އުލިގަމަށް ދަތުރުކޮށްފައެވެ. އަދި ހޯމަ ދުވަހު މި ބައްޔަށް ޕޮޒިޓިވްވެފައިވާ 15 ކޭހެއް މާލެ ތެރެއިން ފެނިފައިވާއިރު، މިއަދުގެ މިހާތަނަށް މި ވަނީ 16 ކޭސް އެއް ފެނިފައެވެ.