ކޮވިޑް 19 ގެ ގިނަ ކޭސްތަކެއް މާލެ ސަރަހައްދުން ފެންނަމުން އަންނަ މި ދަނޑިވަޅުގައި ޓްރެކް ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑާއި ހުޅުމާލެ ޕެޓްރޯލް ޝެޑެއް ބަނަދުކޮށްފިއެވެ.
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި އެ ޕެޓްރޯލް ޝެޑް ބަނުދުކުރަން ނިންމާފައިވަނީ ކޮވިޑްގެ އަލާމަތް ހުރެ މިއަދު މާލެއިން ފްލޫ ކްލިނިކަށް ޓެސްޓުކުރަން ދިޔަ މީހެއްގެ ނަތީޖާ ޕޮޒިޓިވް ވުމުންނެވެ. އެ ކޭސްގެ ފުރަތަމަ ނަތީޖާ ޕޮޒިޓިވް ވެފައި ވުމުން އެތަނުގައި ތިބި މުވައްޒަފުން ގެއަށް ނުދެވޭ ގޮތަށް ހަމަޖެއްސީ އެ ދެ ތަނުގައިވެސް މަސައްކަތް ކުރާ ދެ މުވައްޒަފުންނަކީ ވެސް ބަލީގެ އަލާމާތާއެކު ފްލޫ ކްލިނިކަށް ދިޔަ މީހާގެ ޑައިރެކްޓް ކޮންޓެކްޓް ކަމަށް ވާތީ ކަންވެސް ވަނީ އެނގިފައެވެ.
މިއަދު ހެނދުނު ފަތާ ޓްރެކް ކައިރީ ހުންނަ ޕެޓްރޯލް ޝެޑަށް ނުކުތް ދެ މުވައްޒަފުންގެ ތެރެއިން އެެއް މުވައްޒަފަކު ވަނީ އެސްޓީއޯ ވޭންގައި ހުލޫމާލެ ޝެޑަށް ގޮސްފައެވެ. އެއީ ހުޅުމާލެ ޝެޑްގައި މަސައްކަތަށް ނުކުތް ކުދިން މަދުވެގެން ކަމަށް އެތަނުގެ މުވައްޒަފަކު ބުނެއެވެ. އަދި އެ ކޭސް ގެ ފުރަތަމަ ނަތީޖާ ޕޮޒިޓިވްވުމުން ޝެޑްގައި ތިބި ކުދިން ގެއަށް ނުދިއުމަށް ބުނި ކަމަށާއި ހެނދުނުއް ސުރެ މަޑުކުރި އިރު ކެއުމުގެ އިންތިޒާމް ހަމަޖައްސާ ދިން ކަމަށްވެސް އެ މުވައްޒަފު ބުނެއެވެ.
ނަމަވެސް ހަވީރު ޝިފްޓުގެ ކުދިން ޑިއުޓީއަށް ނުކުތުމުން އެކުދިން ގާތު ކާޑު ޕަންޗް ކޮށްފައި ގެއަށް ދިއުމަށް އެންގި ކަމަށް ވެސް ބުނެއެވެ. ނަމަވެސް އެކުދިން ގެއަށް ނުގޮސް މަޑުކުރި ކަމަށާއި މިހާރު ފަތާ ޓްރެކް ކައިރީ ހުރި ޕެޓްރޯލް ޝެޑް ގައި ޖުމްލަ ދެ ޝިފްޓުގެ 12 މުވައްޒަފުން އެބަތިބި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ހުޅުމާލެ ޝެޑްގެ އިތުރުން ހެޑް އޮފީހުގައިވެސް މުވައްޒަފުންތަކެއް މަޑުކުރުވާފައި ތިބި ކަމަށްވެސް މައުލުމާތު ލިބެއެވެ. އެއީ ވޭންގައި އެތަނުން އެއް މުވައްޒަފަކު ގޮވައިގެން ހުޅުމާލެއަށް ދަތުރުކުރި ވޭންގައި ތިބި މީހުން ކަމަށް މައުލޫމާތު ލިބެއެވެ.
އެ ތަނުން މުވައްޒަފަކު ބުނީ ފަހުން އެ މުވައްޒަފުން ގެއަށް ދިޔަޔަސް ވަރިހަމަ ކަމަށް ބުނެފައިވީ ނަމަވެސް އެ ކޭސްއަށް ވީ ގޮތް ޔަގީން ނުވާތީ ގެއަށް ދާން ބޭނުންނުވާ ކަމަށާއި އާއިލާއަށް ނުރައްކަލެއް އަތުވެދާނެ ކަމުގެ ބިރު ހުރިހާ މުވައްޒަފުންގެ އެބައޮތް ކަމަށެވެ. އެހެންކަމުން އެ މުވައްޒަފުންގެ ހުރުމުގެ ކަނަކްން ހަމަޖެހިގެން ދާނެ ކަމަށް ކުންފުނިން ބުނެފަިއވާ ކަމަށް އެ މީހުން ބުނެއެވެ.
މާލޭގެ ޕެޓްރޯލް ޝެޑް ބަންދު ކުރިއިރު، ވޭތުވެ ދިޔަ ދުވަސްތަކުގައި ލިލީ ކުންފުންޏަށް ނިސްބަތްވާ ވެހިކަލަކަށް ޕެޓްރޯލް އެޅުނުކަން ކަންބޮޑުވުމެއްގެ ގޮތުގައި އޮތް އިރު، ހަމައެކަނި މާސްކާއި އަންގި ލިބުމަކީ މި ވަގުތު ރައްކާތެރި ކަމަށް އޮތް ފަރުވާއެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށްވެސް ބައެއް މުވައްޒަފުން ބުނެއެވެ.
މާލޭގެ ފަތާ ޓްރެކް ސަރަހަައްދުގައި ހުރި ޕެޓްރޯލް ޝެޑް ބަންދު ކޮށްފައިވާ އިރު މިހާރު ހިދުމަތް ދިނުމަށް ހުޅުވާފައި ވަނީ ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެވެ.