އެމްޖެންސީ ނޫން ހާލަތްތަކުގައި އޮންލައިންކޮށް މައްސަލަ ހުށަހެޅުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ، ކޮވިޑް-19 އާ ގުޅިގެން މައްސަަލަ ހުށަހެޅުމަށް ފަސޭހަ ވާނެހެން ފުލުހުން ތައްޔާރުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާނީ އިމްޖެންސީ ނޫން މައްސަލަަތަކެވެ. އެހެންކަމުން، ހުށަހަޅާ މައްސަލައަށް ވަގުތުން ވަގުތަށް ޖަވާބެއް ނުލިބޭނެ ކަމަށާއި، އިމަޖެންސީ ހާލަތެއްނަމަ، 119 އަށް ގުޅައިގެން މައްސަަލ ރިޕޯޓު ކުރުމަށް ފުލުހުން ބުނެއެވެ.

އޮންލައިންކޮށް މައްސަލަ ހުށަހަލާއިރު ޕޯޓަލް މެދުވެރިކޮށް ފޯމް ފުރިހަމަ ކުރަންޖެހޭ ކަމަށާއި އަދި އެ ފޯމުގައި ހުށަހަޅާ މޯބައިލް ނަންބަރަށް އެސް.އެމް.އެސް އެއް ފޮނުވާނެ ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުިން ފޯމު ފުރިހަމަ ކުރާ އިރު ގުޅޭނެ ރަނގަޅު މޯބައިލް ފޯނު ނަންބަރާއި، އީމެއިލް އަދި އެޑްރެސްގެ މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު ހުށަހަޅާ މައްސަލައާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވެއްޖެ ނަމަ، އިންވެސްޓިގޭޓިން އޮފިސަރެއް ދެވިފައިވާ ނަންބަަރަށް ގުޅާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

މައްސަލަ ހުށަހެޅުމުގެ އިގުރާރުގައި ބުނާގޮތުގައި ފޯމުގައި ހުށަހަޅާއިރު ދޭ މައުލޫމާތަކީ ތެދު މައުލޫމާތުކަމުގައި ވާންވާނެ ކަމަށާއި މުހިއްމު މައުލޫމާތު މަދުވާ ނުވަތަ ފުރިހަމަ ނުވާ ފޯމުތަށް ބާތިލްކުރެވޭނެއެވެ. ހަމައެއާއެކު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް (ދިވެހިރައްޔިތެއްކަން އަންގައިދޭ އައި.ޑީ ކާރޑު / ޕާސްޕޯރޓް) ބޭނުންވާ ހާލަތުގައި މިސާވިސްގެ ފަރާތުން އެކަމަށް އެދުމުން، އެ މައުލޫމާތެއް ފޯރުކޮށްދެދޭން ވާނެ ކަމަށް ވެސް އެ އިގްރާރުގައި ވެއެވެ.

އޮންލައިންކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާން ބޭނުންވާ ފަރާތްތައް https://www.police.gov.mv/crimereport މިލިންކް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށް ފުލުހުން ބުނެއެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން ސޯޝަލް މިޑިއާގައި އެތައް ބަޔަކު ދޮގު ހަަބަރު ފަތުރަމުންދާއިރު އެފަދަ މައްސަލަަތައް ބަލާނެ ކަމަށް ސީޕީ މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާނެ ކަމަށް އެޗްޕީއޭއިންވެސް ވަނީ ބުނެފައެވެ.