އައިލެންޑް ބެވަރޭޖް މޯލްޑިވްސް އިން ވަކިވަކިން ގޭގައަށް ފެން ގެންގޮސްދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
އެކުންފުނިން ބުނީ ގޭގެއަށް ޑެލިވަރީ ކުރަމުންދިޔަ ތާޒާ ފެން ވަކިވަކިން ގޭގެއަށް ގެންގޮސްދިނުން ހުއްޓާލީ ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ދަތިތަކާ ހުރެ ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދާއި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ދަތިނުވެ ތާޒާފެން ލިބޭނެ ތިންތިޒާމް ހަމަ ޖެއްސާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން މާލެ ސަރައްދުގެ ފިހާރަތަކަށާއި ރަށްރަަަށުން މާލެ އަންނަ އޮޑިދޯނި ފަހަރަށް ތާޒާފެން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ފޯރުކޮށްދެވޭނެ އެންމެ ގިނަ އަދަދަކަށް ފެން ފޯރުކޮށްދޭނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.
މީގެ ކުރިން އެކުންފުންިން ގޭގެއަށް ފެން ޑެލިވަރީ ކުރަމުންދިޔަ ނަމަވެސް މިހާރު ފެން ޑެލިވަރީ ނުކުރާނެތީ ހުރިހާ ރައްޔިތުންވެސް ފިހާރަތަކަށް ގުޅައިގެން ފެން ގަތުމަަަށް އެކުންފުނިން ވަނީ އެދިފައެވެ. މީގެ އިތުރުން އެ ކުންފުނިން ފެން ހޯދާ ކަސްޓަމަރުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފިހާރަތަކުން އެ ކުންފުނީގެ ވެބްސައިޓް މެދުވެެރިކޮށް އޯޑަރު ދިނުމަށް ވެސް އެ ކުންފުނިން ވަނީ އެދިފައެވެ.
ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ ބުދަ ދުވަހުން ފެށީގެން މާލެ ސަރަހައްދުވަނީ ލޮކްޑައުން ކޮށްފައެވެ. އަދި އިތުރު ކޭސްތައް ފެނި އެ ަފރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް ފަހު މުޅި ރާއްޖެ މިހާރު ވަނީ ލޮކްޑައުންކޮށްފައެެވެ. މިހާކލަތުގައި ހުރިހާ ފަރާތްތަކުންވެސް ގޭގައި ތިބޭއިރު ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ހުރިހާ ތަކެއްޗެއް ހޯދުމަށް ގުޅައިގެން ފިހާރަތަކުން އަންނަނީ ޑެލިވާ ކުރަމުންނެވެ.