ކެނެޑާގެ ނޯވާ ސްކޯޝާ ޕްރޮވިންސްގައި ބަޑީގެ ހަމަލާތަކެއް ދީ، 16 މީހަކު މަރާލައިފިއެވެ.

މި ހަމަލާ ދީފައިވަނީ ފުލުހުންގެ އޮފިސަރެއްގެ ގޮތަށް ހެދުން އަޅައިގެން ހުރި މީހެއް ކަމަށް ޚަބަރު ލިބެއެވެ.

ފާއިތުވީ 30 އަހަރު ދުވަހަށް ބަލާއިރު މިއީ ކެނެޑާގެ ތާރީހު ދުށް އެންމެ ނުރައްކާތެރި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ އޮފިސަރެއްވެސް ހިމެނެއެވެ.

މި ހަމަލާގައި މަރާލި މީހުންގެ ހަށިތައް ފެނިފައިވަނީ 1 ގެއެއްގެ ތެރެއިންނާ އެ ގޭގެ ބޭރުން ކަމަށްވާއިރު، ކެނެޑާގެ ފުލުހުން ސިފަކުރާ ގޮތުގައި މިއީ ހާދިސާގެ ފުރަތަމަ ސީންއެވެ. އެހެން ސަރަހައްދަކުންވެސް ހަށިތައް ފެނިފައިވާއިރު އެ ސަރަހައްދުގެ އިމާރާތްތަކެއްގައި ހުޅުޖަހާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހަމަލާގައި ފުރަތަމަ މަރުވެދިޔަ މީހުންނަކީ ހަމަލާ ދިން ކަމަށް ތުހުމަތު ކުރާ އުމުރުން 51 އަހަރުގެ ގެބްރިއެލް ވޯޓްމަން ކަނޑައެޅިގެން ޓާގެޓް ކުރި މީހުންނަށްވުން އެކަށީގެންވާކަމަށާ، ދެން މަރާލާފައިވާ މީހުން މަރާލާފައިވަނީ ވަކި މީހެއް ބެލުމެއް ނެތި ކަމަށް ކެނެޑާގެ ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކޮށްފައެވެ.

ޕެޓްރޯލް ސްޓޭޝަންއަކުން ވޯޓްމަން ހައްޔަރުކުރެވުނު ކަމަށް ކެނެޑާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އޭގެ އިރު ކޮޅެއް ފަހުން، އޭނާ މަރުވިކަމަށްވެސް ފުލުހުންވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެއީ ކިހިނެއް ހިނގި ކަމެއްކަން އަދި ސާފެއް ނުވެއެވެ.

ކަންމިހެން އޮތްއިރު، މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ނުދާނެ ކަމަށް ބުނެވެން ނެތްކަމަށްވެސް ކެނެޑާގެ ފުލުހުންވަނީ ހާމަކޮށްފައެވެ.