ލަގްޒަރީ ކައިރިން އަސަރީ ގޯޅިއާއި މަޖީދީ މަގު ގުޅުނު ކަންމައްޗަށް ވެއްޓިފައި އޮތް ބިދޭސީއެއް ސެނެހިޔާއަށް ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް މިރޭ 20:31 ހާއިރު ބިދޭސީއަކު މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި އެމީހާ ވެއްޓިފައި އޮތީ އަސަރީ ގޯޅި އާއި މަޖީދީ މަގާއި ގުޅުނު ކަންމައްޗައް ވާ ގޮތަށް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާ ވެއްޓިފައި އޮތީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މަގު މައްޗަށް ވެއްޓިފައި އޮތީ އުމުރުން 50 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. އަދި އޭނާ މިހާރު ވަނީ ސެނަހިޔާއަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

މި ކަން ހިނގާފައި މިވަނީ މާލޭގައި ބާރަށް ކޮވިޑް-19 ފެތުރޭތީ މަގުތަކަށް މީހުން ނުކުމެ އުޅުން މަނާ ކޮށްފައި ވަނިކޮށެވެ.