ރާއްޖޭގައި މިހާރު ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ނިސްބަތަށް ބަލާއިރު އާބާދީގެ ކޮންމެ 1000 މީހަކަށް 2 ޑޮކްޓަރުން އަދި ކޮންމެ 1000 މީހަކަށް 7 ނަރުހުން އެބަތިބި ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާރު ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ޖުމްލަ އަދަދަކީ 905 ޑޮކްޓަރުންނާއި 2970 ނަރުހުން ކަމަށެވެ. ރާއްޖޭގައި މިހާރު ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ނިސްބަތަށް ބަލާއިރު އާބާދީގެ ކޮންމެ 1000 މީހަކަށް 2 ޑޮކްޓަރުން އަދި ކޮންމެ 1000 މީހަކަށް 7 ނަރުހުން އެބަތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ހާލަތަށް ބަލާފައި ތިބި ޑޮކްޓަރުންނާއެކު ކުރިއަށް ގެންދެވިދާނެކަން އޭނާ ފާހަގަކުރެވިއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ކޮވިޑަށް ޕޮޒިޓިވް ވާ ކޭސްތައް އިތުރުވަމުންދާނަމަ ޑޮކްތަރުްނނާއި ނަރުހުން މަދުވެ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މަބްރޫކް ވިދާލުވިއެވެ.

އެހާލަތަށް ވިސްނާފައި އަލާމުން އަންނަ ފިޔަވަޅުތަަކށް އަލިއަޅުއްވާލައްވަމުން މަބްރޫކް ވިދާޅުވީ ބަންގްލަދޭޝްއާއި ނޭޕާލުން ގެނެވޭ މެޑިކަލް ސްޓޫޑަންޓުން ރާއްޖެއަށް ގެނެސް ކަރަންޓީން ގައި ބައި ތިއްބާ ކަރަންޓީން މުއްދަތް ހަމަކުރުމަށްފަހު އެ ދަރިވަރުންނަށް ތަމްރީން ދެވިގެން ދާނެ ކަމަށެެވެ.

ކޮވިޑް 19 އަށް މާލެއިން 32 މީހުން ޕޮޒިޓިވްވެފައިވާ އިރު އެ ކޭސްތަކުން 3 ކްލްސްޓާއެއް ވަނީ އުފެދިފައެވެ. އޭގެތެރޭގައި ހިމެނެނީ 15 ބަގްލްދޭޝް މީހުންނާއި އިންޑިއާ 2 މީހަކަކާއި 15 ދިވެހިންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޖުމްލަ 7 އަންހެނުންނާއި 3 ކުޑަކުދިން ހިމެނޭއިރު ކުޑަކުދިންގެ ތެރޭގައި ހިމެނެނީ 2 އަހަރުގެ ކުއްޖެއް (ކޭސް 22) އާއި 15 އަހަރުގެ ކުއްޖެއް (ކޭސް 25) އާއި 8 އަހަރުގެ ކުއްޖެއް (ކޭސް 33) އެވެ.