ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 18 ތަނެއް ލޮކްޑައުން ކޮށްފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު މޮނިޓަރިންއަށް ގެނައި ތަންތަން މޮނިޓަރިންއަށް ގެނައީ، ގިނަ ބަޔަކު ޕޮޒިޓިވުމާ އަދި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ތެރެއިންނެވެ.

ދަރުބާރުގޭގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިއަދު އުލިގަމުގައި ހުރި މީހެއްގެ ގައިން ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތެއް ހުރިތޯ ބަލަންވެސް ޓެސްޓް ހެދިކަމަށާ އޭނާ އަކީ މާލޭގައި ހުރެފައި ދިޔަ މީހެއް ކަމަށެވެ. އޭނާގެ ޓެސްޓު ގެނަތީޖާ ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެމީހާއަކީ ކޮވިޑް-19 ހުރި މީހެއްތޯ ބެލުމުގެ ޓެސްޓު ހަދަމުން އަންނަ ކަމަށާއި ނަތީޖާ ލިބުމުން ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަންކަމާ ގުޅިގެން ލޮކްޑައުން ކުރެވި މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ 18 ތަނަކީ؛

  • ހއ. ތުރާކުނު
  • ހދ. ވައިކަރަދޫ
  • ހއ. އިހަވަންދޫ
  • ހއ. އުލިގަމު
  • ހއ. ތަކަންދޫ
  • ހދ. ހިރިމަރަދޫ
  • ހއ. ހޯރަފުށި
  • ގާކޮށި 6 / 03،
  • ގ. ކޯނާކު
  • އަމީން ސްޓާފް ބްލޮކް
  • ޝީޝާ ޝޯ ރޫމް ކައިރީގައި ހުންނަ ސެލޫނެއް
  • މައްޗަންގޮޅި ކްލައިމެޓު ތިންވަނަ ބުރީގެ އެޕާޓުމަންޓު އެކެއް
  • ގ. އާނޫރާނީ ހަތަރުވަނަ ބުރީގެ އެޕާޓުމަންޓު ފޯބީ
  • ޔޯ ޓޭސްޓު
  • ލަގްޒަރީ ފިހާރަ
  • ނޯތު ހާބަރު ކުރިމަތީގައި ހުންނަ ހުރިހާ ފިހާރައެއް
  • ނޫފަރު އެކްސްޕްރެސް
  • ލަގްޒަރީ ކުރިމަތީގައި ހުންނަ ފަތަހަ ފިހާރަ

މާލެއިން މިއަދު ފެނުނު ކޭސްތަކާ ގުޅިގެން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އާންމު ކޮށްފައިވާ ގޮތުގައި، ކޭސް 21 އަށް ބަލި ޖެހުނީ ޓެރެވަލް ހިސްޓްރީއެއްވެސް ނެތި އަދި ބަލި ހުރި މީހަކާ ކޮންޓެކްޓެވެގެނެއްވެސް ނޫނެވެ. އެހެން ކަމުން ކޭސް 21 އަކީ، މާލެ ތެރޭގައި ބަލި ފެތުރޭ ކަމުގެ ހެތްކެއްގެ ގޮތުގައި ބަލާ މާލޭ ސަރަހައްދުވެ އެލާޓެ ލެވެލް ވަނީ ރަތަށް ބަދަލުކޮށްފައެވެ.

ކޭސް 21 އަކީ އަންހެނެކެވެ. އޭނާ ކޮރޯނާވައިރަށް ޕޮސިޓިވް ވުމާއެކު ގިނަ ބައެއްގެ ކޮންޓެކްޓް ޓްރޭސިން ދަނީ ހަދަމުންނެވެ.