މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި 15 ބިދޭސީންނަކީ ލިލީ އާއި ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ މީހުން ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. އޭގެ ތެރެއިން 13 މީހުން މަސައްކަތް ކުރަނީ ލިލީ އެންޓަޕްރިސަސްގައެވެ. އަނެއް ދެމީހުން މަސައްކަތް ކުރަނީ ބްރައިޓް ބްރަދާސްގައެވެ. އެއީ އިންޑިއާ ދެމީހުންނެވެ.
ޕޮޒިޓިވްވި 13 ބަންގްރަދޭޝް މީހުންނަކީ ލިލީގެ މުވައްޒަފުން ކަމަށް އެޗްޕީއޭއިން ބުނެފައި ވާއިރު އެ މީހުންގެ ތެރެއިން ކޭސް 37، 38، 39، 40، 41، 42، 43، 44، 45، 46، 47، 48 އަދި 49 ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ކޭސް 20 އަދި 51 އަކީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ އިންޑިއާ ދެ މީހުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޑރ.ނަޒްލާ ވިދާޅުވީ ޕޮސިޓިވްވި އިންޑިއާގެ ދެމީހުންނަކީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ އޭސީ މަރާމާތު ކުރުމުގެ ހިދުމަތް ދޭ ދެ ޓެކްނީޝަނުން ކަމަށެވެ. އެ ދެމީހުން ބައެއް ގޭގޭގެ އޭސީ ސާވިސް ކުރުމަށް ގޮސްފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެމީހުން ދިޔަ ބައެއް ގޭގެ މިހާރު ހޯދިފައިވާ ކަމަށާއި އަދި ބައެއް ގޭގެ ދެނެގަންނަން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެމީހުންނަކީ ޑެލިވަރީގެ އެކި މަސައްކަތާއި ފިހާރާގައި މަސައްކަތްކުރާ ފަރާތްތައްކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ އެ އެންމެން ދިރިއުޅެމުން އަންނަނީ އެއް އިމާރާތެއްގައި ހުންނަ ދެ ފަންގިފިލާގައިކަންވެސް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.
މިހާތަނަށް އައި އިރު މާލެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 31 އަށް އަރާފައެވެ. އަދި ރާއްޖެއިން ޖުމުލަ ވަނީ 51 އަށް އާރާފައެވެ.