އިންޑިއާ ދެމީހަކުވެސް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު މާލެ ސިޓީން ޕޮޒިޓިވް ވި މީހުންގެ އަދަދު 31 އަށް އެރީއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އިންޑިއާ ދެ މީހަކު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު، އެމީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެމީހުންނަކީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ ދެ މީހުން ކަމަށް ވެސް އެޗްޕީއޭން މައުލޫމާތުދެއެވެ. އެޗްޕީއޭން ބުނީ، މިއީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 30 އަދި 31 ވަނަ މީހާ ކަމަށެވެ.

މި ކޭސްއާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓީވްވި މީހުންގެ އަދަދު މިވަނީ 51 އަށް އަރާފައެވެ.

މާލެއިން މި ބައްޔަށް ޕޮޒީޓިވްވި ފުރަތަމަ ކޭސް ފެނިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ވޭތުވެ ދިޔަ 5 ދުވަސްތެރޭ މާލެއިން ޖުމްލަ 51 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި އެންމެ ގިނަ މީހުން ފެނިފައި ވަނީ މިއަދެވެ. ހަމައެކަނި މިއަދުވެސް ކޮވިޑަށް 16 މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ ބުދަ ދުވަހު މާލެއިން ފުރަތަމަ ކޭސް ފެނިފައިވާއިރު ބުރާސްފަތި ދުވަހު ވަނީ އިތުރު 2 ކޭސް ފެނިފައެވެ. އެއަށްފަހު ހުކުރު ދުވަހު އިތުރު 5 ފަރާތެއް މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އިއްޔެ ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވާ 8 ފަރާތެއް ވަނީ ފެނިފައެވެ. އަދި މިއަދު 16 ފަރާތެއް ފެނުމާއެކު މި ބައްޔަށް މާލެއިން ޕޮޒިޓިވްވެފައިވާ މީހުންގެ މިވަނީ 32 އަށް އަރާފައެވެ.