މާލެއިން އިތުރު 13 ބިދޭސީން ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު މާލެ ސިޓީން ޕޮޒިޓިވް ވި ބަންގްލަދޭޝްގެ މީހުންގެ އަދަދު 15 އަށް އެރީއެވެ.

ޕޮޒިޓިވްވި 13 ބަންގްލަދޭޝް މީހުނަކީ ލިލީގެ މުވައްޒަފުން ކަމަށް އެޗްޕީއޭއިން ބުނެފައި ވާއިރު އެ މީހުންނަކީ ކޭސް 37، 38، 39، 40، 41، 42، 43، 44، 45، 46، 47، 48 އަދި 49 ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިމީހުންގެ އުމުރު އެންއީއޯސީން ހާމައެއް ނުކުރެއެވެ.

މާލެސިޓީގައި ބަލި ފެތުރެން ފެށިފަހުން ބަލި ފެތުރެމުންދާ ގޮތް ފެންނަ ޗާޓެއް

މާލެ ތެރެއިން ކޮވިޑް ފެނި ފެތުރެން ފަށާފައި ވާއިރު ފާއިތުވި 4 ދުވަހުގެ ޖުމްލަ ވަނީ 31 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ބިދޭސީންނާއި ދިވެހިންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ޕޮޒިޓިވް ވި ޖުމުލަ ވަނީ 51 އަށް އާރާފައެވެ.