ކޮވިޑް-19 އަށް އިތުރު މީހަކު ރާއްޖެއިން ޕޮޒިޓިވްވެ، ޖުމްލަ އަދަދު 36 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އަދި މިއީ މާލެތެރޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުން ޕޮޒިޓިވް ވި 16 ވަނަ މީހާއެވެ. މިފަހަރުވެސް ޕޮސިޓިވެ ވެފައި ވަނީ ބަންގްލަދޭޝް މީހެކެވެ. މިއީ މާލެ ތެރެއިން ޕޮޒިޓިވް ވި ބަންގްލަދޭޝްގެ ދެވަނަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ޕޮޒިޓިވްވެފައި ވަނީ މާލެއިން ފްލޫ ކްލިނިކަށް ދައްކަން ދިޔަ ބިދޭސީއެއް ކަމަށާއި އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެޗްޕީއޭން ބުނީ، މިއީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 16 ވަނަ މީހާ ކަމަށެވެ.

މި ކޭސްއާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓީވްވި މީހުންގެ އަދަދު މިވަނީ 36 އަށް އަރާފައެވެ.

މާލެއިން މި ބައްޔަށް ޕޮޒީޓިވްވި ފުރަތަމަ ކޭސް ފެނިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ވޭތުވެ ދިޔަ 4 ދުވަސްތެރޭ މާލެއިން ޖުމްލަ 36 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި އެންމެ ގިނަ މީހުން ފެނިފައި ވަނީ އިއްޔެވެ. ހަމައެކަނި އިއްޔެވެސް ކޮވިޑަށް 7 މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ ބުދަ ދުވަހު މާލެއިން ފުރަތަމަ ކޭސް (ކޭސް 21) ފެނިފައިވާ އިރު ބުރާސްފަތި ދުވަހު ވަނީ ކޭސް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި 2 ކޭސް (ކޭސް 22 އާއި ކޭސް 23) ފެނިފައެވެ. އެއީ ކޭސް 21 ދަރިފުޅާއި އާއިލާ އިތުރު މެންބަރެކެވެ. އެއަށްފަހު ހުކުރު ދުވަހު އިތުރު 5 ފަރާތެއް މިބައްޔަށް ޕޮޒީޓިވް ވެފައިވެއެވެ. އެއީ ކޭސް 23 ގެ ފިރިމީހާ (ކޭސް 24) އާއި ދަރިފުޅު (ކޭސް 25) ގެ އިތުރުން ކޭސް 26 އެވެ. މީގެ އިތުރުން މާލެއިން ފެނުނު ކޭސްތަކާއި ގުޅުމެއް ނެތް ހަތަރު ފަރާތެއް (ކޭސް 27 އާއި ކޭސް 28 އަދި ކޭސް 35 އާއި ކޭސް 36) ވެސް ވަނީ ފެނިފައެވެ.

މިއަދު ފެނިފައިވާ ކޭސްތަކަށް ބަލާލާއިރު، ކޭސް 29 އާއި ކޭސް 30 އާއި ކޭސް 34 އަކީ އިއްޔެ ޕޮޒިޓިވްވި ކޭސް 27 ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އަދި ކޭސް 31 އާއި ކޭސް 33 އަކީ އިއްޔެ ޕޮޒިޓިވްވި ކޭސް 28 ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. ހަމައެއާއެކު މިއަދު ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު، ކޭސް 32 ގެ ގޮތުގައި ވަނީ ޕޮޒިޓިވްވެފައެވެ. އޭނާއަކީ މިއަދު ޕޮޒިޓިވްވި ކޭސް 30 ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.

މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 7 އަންހެނަކާއި 3 ކުޑަކުދިންނާއި 6 ފިރިހެނެކެވެ. މާލެއިން ޖުމްލަ 16 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު އޭގެތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 2 ބިދޭސީއެކެވެ.