އެން ހިފަން ފޭބި ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ގދ ކޮނޮއްޓާ ބޭރުން 2.5 ނޯޓިކަލް މޭލު ބޭރުގައި ހިނގި އެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 27 އަހަރުގެ މީހެކެވެ.

އެމްއެންޑީއެފުން ބުނީ މަރުވެފައި އޮތް މީހާ ފެނުނީ އަޑީގައި އޮއްވާ ކަމަށެވެ. އޭނާ ހޯދުމުގައި އެމްއެންޑީއެފްގެ އިތުރުން އޭނާ ދިޔަ ދޯނީގެ ޑައިވަރުންވެސް މަސައްކަތް ކުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އޭނާ ނެގީ 50 މީތަރު އަޑިން ކަމަށާއި މިހާރު ހަށިގަނޑު ގދ ތިނަދުއަށް ގެންދެވިއްޖެ ކަމަށްވެސް ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ސަދަން އޭރިއާ ސްކޮޑްރަންގެ ޓީމުން އޭނާ ހޯދުމުގެ މަސައްކަތް ކުރި މީހާ ދަތުރު ކުރި ދޯނީގައި 25 މީހުން ތިބި ކަމަށެވެ. އަދި އެން ހިފަން އޭނާއާއެކު 4 މީހުން ފޭބި ކަމަށާ އޭނާ ލައިގެން އޮތީ ކަޅު ކުލައިގެ ޑައިވް ޝޫޓެއް ކަމަށެވެ.