ކޮވިޑް-19އަށް މާލެއިން 9 ވަނަ މީހަކު ޕިޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، މިރޭ ޕޮޒިޓިވްވި މީހާއާއެކު، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ނުވައަކަށް އަރާފައިވާ ކަމަށެވެ. އެގޮތުން މިރޭ ޕޮޒިޓިވްވި ކޭސް 29 އަކީ މިއަދު ކުރިން ޕޮޒިޓިވްވި ކޭސް 27 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އަދި މިހާރު ކޭސް 29 އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އަންހެނެކެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ތިންވަނަ އަށް ޕޮޒިޓިވްވި މީހާއަކީ ވެސް އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވި މީހެކެވެ. އޭގެ ފަހުން ތިންވަނަ މީހާއާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއެވެ. އަދި އިއްޔެ އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވެއެވެ.
މި ހާލަތާއެކު ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވަނީ މާލޭގެ ލޮކްޑައުން 14 ދުވަހަށް އިތުރު ކޮށްފައެވެ. އަދި މުޅި ރާއްޖެ އިއްޔެ އިރުއޮއްސި ހަޔަކުން ފެށިގެން ލޮކްޑައުން ކަމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މި މަހުގެ ނިޔަލަށް ސަރުކާރުވެސް ވަނީ ބައްދުކޮށްފައެވެ.
ކޮވިޑް-19 ގައިންގަޔަށް އަރަމުން ދާއިރު، ޑރ. ޝީނާ މޫސާ ވިދާޅުވަނީ މިހާރު ރާއްޖޭގައި ބަލިޖެހިފައިވާ މީހުންގެ އަދަދު 100 އާ ގާތް ކުރާނެ ކަމަށެވެ.