އެން ހިފަން ފޭބި މީހަކު ގެއްލިގެން އެމްއެންޑީއެފުން ހޯދަން ފަށައިފިއެވެ. މައުލުމަތު ލިބިފައި ވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ގދ ތިނަދޫ އަސްދާން ނަމަކަށް ކިޔާ ދޯންޏަކުން އެން ހިފަން ފޭބި މީހެކެވެ.

އެމްއެންޑީއެފުން ބުނީ އެން ހިފަން ފޭބި މީހަކު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ. އޭނާ ގެއްލިފައިވަނީ ގދ ކޮނޮއްޓާ މޯލްޑިވްސް ރިސޯޓުގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ސަދަން އޭރިއާ ސްކޮޑްރަންގެ ޓީމުން އޭނާ ހޯދުމުގެ މަސައްކަތް ކުރާ މީހާ ދަތުރު ކުރި ދޯނީގައި 25 މީހުން ތިބި ކަމަށެވެ.

ގެއްލިގެން ހޯދާ މީހަކީ އުމުރުން 27 އަހަރުގެ މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފީނަން ފޭބީ އެ ދޯނީގެ 4 މީހަކާ އެކު ކަމަށާއި، އެމްއެންޑީއެފަށް އެންގީ އޭނާ ގެއްލިގެން ހޯދާ ނުފެނުމުންނެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޑައިވް ޝޫޓެއް ކަމަށެވެ.