ކާށިދޫ މޮނިޓަރިންގެ ހާލަތުން އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ކޮވިޑް ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކާށިދޫގައި އޮތް މޮނީޓަރިންގެ ހާލަތް ނިމުމަކަށް ގެނެސްފައި ވާކަމަށާއި ކާށިދޫ އާންމު ހާލަތަކަށް ގެނެވި އައިސޮލޭޓް ކުރަންޖެހޭ މީހުން އައިސޮލޭޓް ކުރެވިފައި ވާކަމަށެވެ.
މޮނިޓަރިންގެ ހާލަތުގައި ކާށިދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާ މިއަދު ހުކުރު ނަމާދު ނުކުރަން އިސްލާމިކް މިނިސްޓްރީން އެ ރަށު ކައުންސިލަށް އެންގިއެވެ.
ކާށިދޫ މޮނިޓަރިންގެ ހާލަތުން ނެގުމުން އާންމު ހާލަތަކަށް އަންނާނެއެވެ.