މާލެއިން އަށް ވަނަ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނފިއެވެ.
އެޗްޕީއޭއިން ބުނީ މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތަކުގެ ނަތީޖާ ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށައި މިއީ މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި އަށްވަނަ މީހާ ކަމަށެވެ. އަދި މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.
މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އަންހެނެކެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ތިންވަނައަށް ޕޮޒިޓިވްވި މީހާއަކީ ވެސް އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވި މީހެކެވެ. އޭގެ ފަހުން ތިންވަނަ މީހާއާ ކޮންޓެކްޓްވި ދެ މީހަކު ރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވިއެވެ. އަދި މިއަދު އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވެއެވެ.
މި ހާލަތާއެކު ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވަނީ މާލޭގެ ލޮކްޑައުން 14 ދުވަހަށް އިތުރު ކޮށްފައެވެ. އަދި މުޅި ރާއްޖެ މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން ލޮކްޑައުން ވާނެ ކަމަށް ވަނީ އަންގާފައެވެ.