ރާއްޖޭގައި ކޮވިޑް-19 ފެތުރެން އެ ފެީ އިރުޝާދުތަކަށް ކަމެ ނުހިތާތީ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހަލުވި ކަމާ އެކު ކޮވިޑް ފެތުރެން އެ ފެށީ އިރުޝާދު ތަކަށް ކަމޭ ނުހިތާތީ ކަމަށާއި، އަމިއްލަ އިހުމާލުން ކަމަށެވެ.

އެމަނިކުފާނު ވަނީ ދެންވެސް ގޭގައި ތިބުމަށާއި، ޖިސްމާނީ ދުރުމިން ހިފެއްޓުމަށް ގޮވާލާ، ﷲ ގެ ރަހްމަތަށް އެދި ދުއާ ދަންނަވާފައެވެ.

ރައީސް މައުމޫން މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، ފާއިތުވި ދެ ދުވަސް ތެރޭގައި މާލެ ސިޓީން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 6 މީހަކު ފެނިފައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި ދެ އަންހެނުން ވެސް ހިމެނެއެވެ. މާލެއިން ކޮވިޑް-19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ. އަދި މި ކޭސްގެ ކޮންޓެކްޓް ޓްރޭސިން ރާއްޖޭގެ އުތުރާއި ދެކުނަށް ދަމާލާފައިވާއިރު، ރޭ އެޗްޕީއޭން ވަނީ ރާއްޖޭގެ ހުރިހާ ރަށަކުން އަރާފޭބުން މަނާކޮށްފައެވެ.

މި ކޭސްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހައި ރިކްސް އަދި މިޑިލް ރިސްކް ކަމަށް ފަހަނގަ ކުރެވުނު އެންމެން ހުޅުލެ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓްކޮށްފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަނީ ޖުމްލަ 22 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި ޖުމްލަ 207 މީހަކު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ވެފައިވާއިރު، މީގެ ތެރެގައި ހިމެނޭ ލޯ ރިސްކް މީހުން ވަނީ ހޯމް އައިސޮލޭޓް ކޮށްފައެވެ.