ހުޅުދުއްފާރުގައި މީހަކަށް އަނިޔާކޮށް ގަން ހިންގުވި މައްސަލާގައި 5 މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރ. ހުޅުދުއްފާރު ފިހާރައަކުން 18 އަހަރުގެ ދިވެހި ފިރިހެނަކު ވައްކަން ކުރި ކަމަށްބުނެ އެރަށުގެ 5 މީހުން ހިމެނޭ ގްރޫޕަކުން 18 އަހަރުގެ މީހާއަށް އަނިޔާކޮށް، ގަން ހިންގުވާފައިވާ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، 5 މީހުންގެ ގްރޫޕަކުން 18 އަހަރުގެ މީހާ ހުޅުދުއްފާރު އުތުރުފަރާތު މީހުން ނޫޅޭ ސަރަހައްދަށް ގެންގޮސް އަނިޔާކޮށް، ބޮލުން ބަޗް ބާލާ، އޭނާގެ ފޯނު މޫދަށް އެއްލާލާ ބަރަހާނާކޮށް، އޭނާ ލައިގެން ހުރި ބޮކްސާގައި ރަށުތެރޭގައި ހިންގުވާފައި އާއިލާ ކައިރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލާގައި ފުލުހުން ވަނީ 24 އަހަރުގެ ދެމީހަކާއި، 30 އަހަރުގެ މީހަކު އަދި 25 އަހަރުގެ މީހަކާއި 32 އަހަރުގެ ދިވެހި ފިރިހެނުން އިއްޔެ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މި 5 މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިުމުން 25 އަހަރުގެ މީހަކަށާއި 25 އަހަރުގެ މީހާއަށް 7 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ. އަދި 24 އަހަރުގެ އަނެއް މީހާއަށާއި 30 އަހަރުގެ މީހާ އަދި 32 އަހަރުގެ މީހާއަށް 5 ދުވަސްހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންންވެ.