މާލެ ސަރަހައްދުން 11 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ލިސްޓު:

  • ހުލުމާލެ ލޮޓް 11090
  • ހ. ރަތްކުރެދި އާރު
  • މ. ފީރޯޒުގެ 6 ބީ
  • މ. ލޯކަށި 3 ސީ
  • މ. ސޯސަންމާގެ
  • ހ. ފެނިގެއްލިދާގެ 7 ވަނަ ފްލޯ
  • ހުޅުމާލެ ފްލެޓް 02-2-6
  • އަމީން އެވެނިއު ޓީކް 905
  • މ. ނާގޯށިވިލާ 2 ވަނަ ފްލޯ
  • ހުޅުމާލެ ލޮޓް 11962
  • މއ. އޯކިޑް

އެޗްޕީއޭއިން ބުނެފައިވަނީ ލިސްޓު ކުރެވިފައިވާ 11 ގެ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވަނީ މާލެއިން ޕޮޒިޓިވް ވި ކޭސް 21 (މާލެއިން ފެނުނު ފުރަތަމަ ކޭސް) އާ ގުޅިގެން ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އާންމު ކޮށްފައިވާ ގޮތުގައި، ކޭސް 21 އަށް ބަލި ޖެހުނީ ޓެރެވަލް ހިސްޓްރީއެއްވެސް ނެތި އަދި ބަލި ހުރި މީހަކާ ކޮންޓެކްޓެވެގެނެއްވެސް ނޫނެވެ. އެހެން ކަމުން ކޭސް 21 އަކީ، މާލެ ތެރޭގައި ބަލި ފެތުރޭ ކަމުގެ ހެތްކެއްގެ ގޮތުގައި ބަލާ މާލޭ ސަރަހައްދުވެ އެލާޓެ ލެވެލް ވަނީ ރަތަށް ބަދަލުކޮށްފައެވެ.

ކޭސް 21 އަކީ އަންހެނެކެވެ. އޭނާ ކޮރޯނާވައިރަށް ޕޮސިޓިވް ވުމާއެކު ގިނަ ބައެއްގެ ކޮންޓެކްޓް ޓްރޭސިން ދަނީ ހަދަމުންނެވެ. އަދި މިހާރު ކޭސް 21 ގެ ތުއްތު ދަރިފުޅުވެސް ވަނީ ޕޮސިޓިވް ވެފައެވެ. އޭގެ އިތުރުން ކޭސް 21 ދިރިއުޅޭ ގޭގެ، އާއިލާގެ އެހެން މީހާކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮރޯނާ ވައިރަހަކީ ގައިންގަޔަށް އަރާ ބައްޔެއް ކަމުގައި ވާއިރު ކޭސް 21 ގަޔަށް ބަލި އަރާނީ، ކޮރޯނާވައިރަސް ހުރި އެހެން ކޮންޓެކްޓެއްގެ ސަބަބުންނެވެ. ބޭރުފުށަށް އަލާމާތް ނުފެނިވެސް ހުންނަ މި ބަލީގެ ވައިރަސް އުފުލާ މީހަކާ ކޭސް 21 އާ ދިމާ ވެގެންނެވެ.