އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ދެކުނު ސަރަހައްދުގައި އޮޕަރޭޓްކުރާ މަޝްހޫރު ޕިއްޒާ ޗެއިންއެއްގެ ޑެލިވަރީބޯއީއެއް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޕޮޒިޓިވްވެ، 72 އާއިލާއެއް ކަރަންޓީނަށް ފޮނުވާލައިފިއެވެ.

ޑިސްޓްރިކްޓް މެނޭޖަރެއް ކަމަށްވާ ބީއެމް މިޝްރާ ވިދާޅުވީ، މަލްވިޔާ ނާގަރު ސަރަހައްދުން ޕިއްޒާ ޑެލިވަރީބޯއީއެއް ކޮވިޑް-19އަށް ޕޮޒިޓިވްވީ އަންގާރަ ދުވަހު ކަމަށެވެ. މިކަމާ ގުޅިގެން، އޭނާއާއިއެކު މަސައްކަތްކުރި 16 މީހަކު ކަރަންޓީނުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ ކާބޯތަކެތި ހިފައިގެން ދިޔަ ގެތައްވެސް ވަނީ ދެނެގަނެވިފައެވެ. މި 72 ގެއަކީ އޭނާ ޑެލިވަރީ ހެދި ގެތަކެވެ.

މެޖިސްޓްރޭޓް ވިދާޅުވީ، މިއީ ނުތަވަސްވާ ދަރަޖައަކަށް ހާސްވާންވީ ކަމެއް ނޫންކަމަށާ، ޑެލިވަރީގެ މަސައްކަތްކޮށްފައިވަނީ މާސްކު އަޅާ، އެނޫންވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށެވެ. ނަމަވެސް ކަރަންޓީނަށް ފޮނުވާލާފައިވަނީ، އާންމު އުސޫލުން އަމަލުކުރާ ގޮތުގެ ތެރެއިންކަންވެސް މެޖިސްޓްރޭޓް ވަނީ ފާހަގަކުރައްވާފައެވެ.