ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބިލިއަން ބަޔަކު ލޮކްޑައުންވެ ގެތަކުގައި ބަންދުވެފައިވާއިރު އެންމެ ހަލަބޮލި އެއް ޕްލެޓްފޯމަކަށް ވެފައި އޮންނަނީ ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކެވެ.
އެމީހެއްގެ ކިބައިގައި ހުރި އާދަޔާ ހިލާފު ހުނަރުތަކާ ތަޖުރިބާ ކުރުރަމުންދާ އާ ހުނަރުތަކުން ފީޑްތައް ފުރަމުންދާއިރު، ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެކަކީ ބީބީސީގެ ވެދަމަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އޮވޭއިން ވީން އެވާންސްއެވެ.
ގިނަ ބައެއްގެ ރާޑަރަށް އެވާންސް އަރާފައިވަނީ، ބީބީސީގެ ތީމްއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ރާގަށް، ރޮކް މިއުޒީޝަނެއްހެން ބެރުޖަހާ ވީޑިއޯއަކާއެކުގައެވެ. މި "ހެޑް-ބޭންގިންގް-ޖޭމް"ގައި އެވާންސް ހުންނަނީވެސް އޭނާގެ ރަސްމީ ހެދުމުގައެވެ.
އޭނާ ޑްރަމް ސެޝަން ލައިވްކުރީ، މޫސުމާ ބެހޭ އެންމެ ތަފްސީލުތައް ގެނެސްދީ ނިންމާލި ހިސާބުންނެވެ.
ދުނިޔޭގެ އެކި ހިސާބުތަކުން 1.5 މިލިއަނަށްވުރެ ގިނަ ވިއުސް މި ވީޑިއޯއަށް ލިބިފައިވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
އިނގިރޭސވިލާތުގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، ގިނަ އަދަދެއްގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރަންޖެހިފައިވާއިރު، އެވާންސްވެސް މަސައްކަތް ކުރަމުންދަނީ އޭނާގެ ގޭގައި ހުރެގެންނެވެ.