ހާއްސަ ހުއްދަ ދޫކުރެވިފައިވާ މީހުންނަށް އަމާޒުކޮށް މާލެއާއި ހުޅުމާލެއާ ދެމެދު ބަސް ދަތުރުތައް ބާއްވަން ނިންމައިފިއެވެ.
ބަސް ދަތުރުތަކުގެ ހިދުމަތް ދެމުންގެންދާ ގްރޭޓާ މާލެ ޓްރާންސްޕޯޓުން ބުނީ ހާއްސަ ހުއްދަ ލިބޭ ފަރާތްތަކުގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއިސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުން ހިމެނޭ ކަމަށާއި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތަކުގެ މީހުންވެސް ހިމެނޭ ކަމަށެވެ.
ގްރޭޓާ މާލެ ޓްރާންސްޕޯޓުން ރޭ ސޯޝަލް މީޑިއާގައި ޝާއިރުކޮށއފައިވާ ޕޯސްޓެއްގައި ވަނީ ބަސްދަތުރުތައް ބާއްވާނެ ގަޑިތައް އިއުލާންކޮށްފައެވެ.
ބަސް ދަތުރުތަކުގެ ގަޑިތައް
ހުޅުމާލެ އިން މާލެއަށް: ހެނދުނު 06:45 - 08:30
ހުޅުމާލެ: ހެނދުނު 09:00
މާލެ: ރޭގަނޑު 10:00
ހުޅުމާލެ: 10:30 އިން 12:30 އަށް
ކޮވިޑް-19 އިން ރައްކާތެރިވުމަށް މަލޭގައި ތިން ގަޑިއިރުގެ ކާފިއު އެއް ހިންގައިފައިވާއިރު، އެކަމާ ގުޅިގެންވެސް މާލެއާއި ހުޅުމާލެއާ ދެމެދު ކުރަމުންދާ ބަސް ދަތުރުތައް ވަނީ މަދުކޮށްފައެވެ.
އަދި ކޮވިޑަށް މާލެއިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ވަނީ އިއްޔެއިން ފެށިގެން 24 ގަޑިއިރަށް ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާރު ޕޮޒިޓިވްވި ވެފައިވާ މީހުންގެ އަދަދު ވަނީ 23 އަށް އަރާފައެވެ. އޭގެތެރޭގައި 8 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.